Tuesday, 28 July 2026

މޮރޮކޯގައި ދީނީ ތަގުރީރެއް ދެއްވުމަށް ޑރ. ޝަހީމަށް ދައުވަތު އަރުވައިފި

ކުރިއަށް އޮތް ރޯދަ މަހު މޮރޮކޯގައި ދީނީ ތަގުރީރެއް ދެއްވުމަށް އިސްލާާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ދައުވަތު އަރުވައިފި އެވެ.

މި ދައުވަތު ރަސްމީކޮށް އަރުވާފައިވަނީ މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައެވެ.

އިއްޔެ ބޭއްވި އެ ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ މޮރޮކޯގެ އެމްބެސެޑަރު އެމަނިކުފާނާ ބައްދަލުކުރެއްވި ކަމަށް ޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރާާއްޖެ އާއި މޮރޮކޯ އާ ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މޮރޮކޯގައި ރަމަޟާން މަހާ ގުޅުވައިގެން ކުރިއަށް ގެންދާ "ހަސަނީ ފިލާވަޅު" އަކީ މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަގެ ބެއްލެވުމުގެ ދަށުން ބާއްވާ އިސްލާމީ ބޮޑު ހަރަކާތެކެވެ. އެ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ އިލްމުވެރިން އެކި މައުޟޫތަކަށް ދަރުސްދެމުންދާ ސެޝަންތަކެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *