Wednesday, 29 July 2026

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ބަދަހި ގުޅުން ވަރުގަދަކުރަން އެއްބާރުލުންދޭނަން: ބޮޑުވަޒީރު މޯދީ

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމާއި، ބަދަހި ގުޅުން ވަރުގަދަކުރަން އެއްބާރުލުންދެއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވެފައިވަނީ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ޖަވާބުދެއްވަމުންނެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޮޑުވަޒީރު މޯދީ އާއި އެ ޤައުމުގެ ރައީސް ޑްރޫޕަދީ މުރްމޫ އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ އިންޑިއާއާ އެކު އުފެދިފައިވާ ގާތް ގުޅުން ދެމެހެއްޓުމުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށެވެ. އަދި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ އިތުބާރާއި އިހުތިރާމް އަދި އެއްގޮތް ވިސްނުމެއްގެ މައްޗަށް އުފެދިފައިވާ ގުޅުމެއްކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ

"އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ތަހުނިއާއަށް ޝުކުރު ދަންނަވަން. އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި އެކުވެރިކަމާއި އެއްބާރުލުމުގެ މި ގުޅުން އިތުރަށް ބަދަހިކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އިންޑިއާގެ ބޮޑުވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާ އަށް ފުރަމާނަ ދަތުރުފުޅެއް ވަނީ ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އިންޑިއާ އެކު ރަސްމީ ބައްދަލުވުންތައް ބާއްވަވައި، ދެ ޤައުމުގެ ވިޔަފާރީގެ ދާއިރާތަކުން މަޝްވަރާތައް ވަނީ ކުރައްވައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *