Tuesday, 28 July 2026

ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ގާއިމުކުރުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ފަށައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް ވަފުދެއް މި މަހުގެ 12 އިން 17 އަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި، ރާއްޖޭގައި ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އިންޑިއާގެ ފުލުހުންނާއެކު މަޝްވަރާކޮށްފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން އިސްކޮށް ހުންނެވި މި ވަފުދުގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހުމަދު ބިޝާރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ފާއިޒް އަދި އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އިޝާމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، ފުލުހުންގެ ހިދުމަތުގެ ތަހުގީގީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ ފުންނާބު އުސް ތަމްރީނުދޭ މަރުކަޒުތަކާއެކު ކުރިން ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވަރސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީ (އާރްއާރްޔޫ) ހިމެނެއެވެ.

ދާހިލީ ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި، މި އެއްބަސްވުންތަކުގެ ދަށުން، ހާއްސަ ތަހުގީގުތަކާއި، ސައިބަރ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާތަކުން މަތީފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފޮރެންސިކް ލެބޯޓަރީއެއް ގާއިމުކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ.

އަދި މީގެ އިތުރުން، އެންއެފްއެސްޔޫއިން ރާއްޖޭގައި ކެމްޕަހެއް ގާއިމުކުރުމަށް ހުށަހަޅުއްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މި މަސައްކަތްތަކުގެ ސަބަބުން ދިވެހި ފުލުހުންގެ ހިދުމަތުގެ ފޮރެންސގެ ފޮރެންސިކް އަދި ތަހުގީގީ ގާބިލުކަން އިތުރުވެ، ކުށްތައް ހައްލުކުރުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *