Tuesday, 28 July 2026

ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލަނީ

ސިޔާސީ ޕާޓީތަކަށް އައު މެންބަރުން ވެއްދުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ފަހަކަށް އައިސް ގިނަ ޝަކުވާތަކެއް ހުށަހެޅެމުން އައުމާ ގުޅިގެންނެވެ.

މި ޝަކުވާތަކުގެ ތެރޭގައި، ބައެއް ފަރާތްތަކުން އެހެން މީހުންނަށް ނޭނގި، ސައްހަނޫން ފޯމުތައް ބޭނުންކޮށްގެން އެހެން ޕާޓީތަކުގެ ދަފްތަރުގައި ޖައްސާފައިވާ މައްސަލަތައް ހިމެނެއެވެ. މިފަދަ މައްސަލައެއްގެ ގޮތުގައި، އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައިވާ މައްސަލަ ފާހަގަކުރެވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި މައްސަލައިގައި ހުށަހެޅުނު ފޯމު ބާޠިލުކޮށްފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން 'ސިމެދަ ޕޯޓަލް' މެދުވެރިކޮށް ފޯމު ހުށަހެޅުން ހުއްޓާލާނެ ކަމަށް އިއުލާނުކޮށްފައެވެ. މި ހިދުމަތް އަލުން ފަށާނީ ފެބްރުއަރީ 15 ގައެވެ. މި މުއްދަތުގެ ތެރޭގައި، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ނަމަވެސް، 'މައި ޕޯޓަލް' މެދުވެރިކޮށް ޕާޓީއިން ވަކިވުމުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި، ޕާޓީތަކަށް މެންބަރުން ވެއްދުމަށް ހުށަހަޅާ ފޯމުތައް އިތުރަށް ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *