Tuesday, 28 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުން - 5 ފެބްރުއަރީ 2024

އަންނަ މަހުގެ 6 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

އަންނަ ފެބްރުއަރީ މަހުގެ 6 ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ، ރައީސް މި ދުވަސް ބަންދު ދުވަހަކަށް ހަމަޖެއްސެވީ، ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާތީއެވެ.

އެ ދުވަހު ޖަލްސާ އޮންނާނީ ހެނދުނު 9:00 ގައެވެ. މިއީ، ވިހިވަނަ މަޖިލީހުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވަވާނެ ފުރަތަމަ ރިޔާސީ ބަޔާނެވެ.

މިދިޔަ ދައުރުގައި ރިޔާސީ ބަޔާން އިއްްވި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ގޮތަށް ރައީސް ވަނީ އޭރު ނިންމަވާފައެވެ. ނަމަވެސް ގާނޫނަށް ގެނައި ބަދަލާއެކު މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ކުރުމަށް މިވަނީ ނިންމާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *