މާލޭގެ ސެނަހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކާއެކު ވެއްޓިފައި އޮތް މީހަކު މިއަދު ފެނިއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، ވެއްޓިފައި އޮތް މީހާއަކީ ދިވެހި ފިރިހެނެކެވެ. އަދި މި މައްސަލައިގެ ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްޞީލެއް މިވަގުތު ލިބިފައެއް ނުވެއެވެ. ނަމަވެސް، ފުލުހުން ވަނީ މައްސަލަ ތަޙްޤީޤުކުރަމުންދާ ކަމަށް ބުނެފައެވެ.


