އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ 85 އަހަރުގެ ދިވެއްސަކަށް ނިއުމޯނިއާ ޖެހިގެން މައްކާގެ ނޫރު ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައިސީޔޫ) ގައި ފަރުވާދެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ވަގުތު އެ ފަރާތުގެ ގާތުގައި އާއިލާގެ މީހަކު ނެތް ނަމަވެސް، އުމްރާއަށް ދިޔަ ގްރޫޕުން އެ ފަރާތަށް ވަރަށް ރަނގަޅަށް އަޅާލަމުންދެއެވެ. އަދި އެ ފަރާތުގެ ދަރިޔަކު މާދަމާ މައްކާއަށް ދާނެ ކަމަށާއި، އެ ދަރިފުޅާ ވާހަކަ ވެސް ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި މައްސަލަ ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.


