ދިހަ ދުވަހުގެ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމަށް އިންޑިއާގެ ނޭޝަނަލް ކެޑޭޓް ކޯޕްސް (އެންސީސީ) ގެ ވަފުދެއް ރާއްޖެ ވެރިރަށް އަތުވެއްޖެ އެވެ. މި ފަފުދުގައި ހިމެނެނީ އެއް އޮފިސަރަކާއި ހަތަރު ކެޑޭޓުން ހިމެނޭ ގޮތަށް ދިހަ މެމްބަރުންނެވެ.
މި ވަފުދަށް މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ)ގެ އޮފިސަރުން ހޫނު މަރުޙަބާއެއް ދެންނެވިއިރު، މިއީ ދެޤައުމުގެ ދެމެދުގައި އުފާވެރި ސަގާފީ މުޢާމަލާތެއް ފެށުމުގެ ގޮތުން ބާއްވާ ކަމެކެވެ.
މި ވަފުދުގެ ދަތުރުފުޅުގައި ބައިނަލްއަޤްވާމީ ވިސްނުމާއި ލީޑަރޝިޕާއި އެކުވެރިކަން ކުރިއެރުވުމަށް ހިންގާ ތަފާތު ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ. ދިވެހި ސަގާފަތަށް ތައާރަފުވުމުގެ ގޮތުން އޮރިއެންޓޭޝަން ޓުއާއަކަށް ގެންގޮސް، ރާއްޖޭގެ މުއްސަނދި ރަހަތަކާއި އާދަކާދަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ.
މި އެކްސްޗޭންޖް ޕްރޮގްރާމުގެ ސަބަބުން ދެ ޤައުމުގެ ޒުވާނުންއެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށާއި، ތަޖުރިބާތައް ޙިއްޞާކޮށް، އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ތަފާތު ޕްލެޓްފޯމެއް ލިބިގެންދެއެވެ. އަދި އިންޑިޔާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ގުޅުމުގެ މައްޗަށްވެސް މި ދަތުރުފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.


