Tuesday, 28 July 2026

މި އަހަރަކީ ރައްޔިތުން ބާރުވެރި ކުރެވުނު އަހަރެއް: ރައީސް

މި އަހަރަކީ އިސްލާހީ ބަދަލުތަކެއް ގައުމަށް ގެނެވި، ރައްޔިތުން ބާރުވެރި ވެސް ކުރެވުނު އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

2024 ނިންމާލައި މާދަމާ 2025 އާ ކުރިމަތިލާތީ އެކަމާ ގުޅުވައި ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި އަހަރަކީ ރައްޔިތުން ބާރުވެރިކުރެވި ގައުމުގެ އިސްތިގުލާލު ވެސް ރައްކާތެރިކޮށް ދެވުނު އަހަރެއް ކަމަށެވެ. އެގޮތުން ކަންކަން ނިންމުމުގެ ބާރު މިހާރު ރައްޔިތުންގެ އަތްމަތީގައި އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުޢިއްޒުގެ މެސެޖްގައި ވިދާޅުވީ މި އަހަރުގެ ތެރޭގައި އިސްލާހީ މުހިއްމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު ރާއްޖޭގައި މިހާރު ނެތުމާއި ރާއްޖޭގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރިކުރެވުމާއި ރައްޔިތުންގެ ބާރު މިހާރު ބޮޑުވުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *