މިއަހަރު ޑިސެމްބަރު މަހު ރާއްޖޭން 6373 މީހުން ޢުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިއަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް އެކި ކުންފުނިތަކުގެ ހަވާލުގައި މައްކާއަށް 6373 މީހަކު ގޮސްފައިވާ ކަމަށާއި، އެ ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މިއީ ތާރީހުގައި ވެސް އެއްފަހަރާ އުމްރާގެ އަޅުކަމުގައި ބައިވެރިވުމަށް އެންމެ ގިނަ ބަޔަކު ސަޢުދީއަށް ދަތުރުކުރި ފަހަރަށް ވާނެ ކަމަށެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ރާއްޖޭން މީހުން ޢުމްރާއަށް ގެންދިއުމުގެ ހުއްދަ 57 ކުންފުންޏަކަށް ދީފައެވެ.


