Wednesday, 29 July 2026

ޑރ މަންމޯހަން ސިންގްގެ ހަނދާނުގައި، ހުޅުވި ތައުޒިޔާގެ ދަފުތަރުގައި ރައީސް މުއިއްޒު ސޮއިކުރައްވައިފި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، ޑރ މަންމޯހަން ސިންގްގެ ހަނދާނުގައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ސޮއިކުރައްވައިފި އެވެ.

ދަފުތަރުގައި ސޮއިކުރައްވައި ރައީސް ލިޔުއްވި މެސެޖުގައި، ސިންގް އަކީ ތަޖްރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި، ހާއްސަކޮށް ހިކުމަތްތެރި ނިންމެވުންތަކާއެކު އެތައް ބައެއްގެ އިހްތިރާމް ހޯއްދަވާފައިވާ ޝަހްސެއްކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޑރ. މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ ފޮނުއްވައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އިންޑިޔާ ރައްޔިތުންނަށް ލިބުނު މި ފުންހިތާމައިގައި އެމަނިކުފާނާއި ދިވެހި ރައްޔިތުން ބައިވެރިވާ ކަމަށެވެ. އަދި 2011 ވަނަ އަހަރު ޑރ. ސިންގް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ހަނދާން ރައީސް ޑރ. މުޢިއްޒު ވަނީ އާކުރަށްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ހިތާމައިގެ މިދަނޑިވަޅުގައި ސިންގްގެ އާއިލާއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަމުންނެވެ.

ޑރ. މަންމޯހަން ސިންގް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވީ 2004 އިން 2014 އަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *