ތ. ތިމަރަފުށީގައި ގެއަކަށް އިއްޔެ ގްރޫޕަކުން ވަދެ މާރާމާރީ ހިންގި މައްސަލާގައި ފަސް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ ތިމަރަފަފުށީ ގެޔަކަށް ވަދެ މާރާމާރީ ހިންގި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެ މީހުން ހައްޔަރުކޮށްފި ކަމަށެވެ.
އެ މީހުންނަކީ އެ ރަށު ޖަހާމުގުރިގެ، އަހްމަދު އަމީން، 36 އާއި ސަލްވާ، އަހްމަދު ޝަހުދީ، 38 އާއި ހިރި، އާސް އިބްރާހިމް، 32 އާއި ގުލްބަކާވިލާ، އަބްދުﷲ އަޝްރަފް، 39ގެ އިތުރުން ވިލިމާލެ، ވަވަތް، މުހައްމަދު ރައޫފު، 54 އެވެ.
މި މައްސަލައިގެ އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.


