އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިިންގް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ކޮންގްރެސްގެ އިސް ލީޑަރު މަންމޯހަން ސިންގް ސިއްހީ ހާލުކޮޅު ގޯސްވެ އެއިމްސް ދިއްލީގައި އެޑްމިޓްކުރީ ރޭ 8:00 ހާއިރުއެވެ. ފަރުވާ ދެމުން ދަނިކޮށް އެމަނިކުފާނު ވަނީ އަވަހާރަވެފައެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން އެ ހިތާމައިގައި އެމަނިކުފާނާއި ދިވެހި ރައްޔިތުން ބައިވެރިވާ ކަމަށެވެ.
ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޑރ. މަންމޯހަން ސިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
މަންމޯހަން ސިންގްގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ހިތާމަވެރި ދަނޑިވަޅިވަޅެއްކަން ފާހަގަކުރައްވައި ރައީސް ތައުޒިޔާ ވިދާޅުވި އެވެ.
މަންމޯހަން ސިންގްއަކީ 2004 އިން 2014 އަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ ވެރިކަމުގެ ދައުރުގައި އިންޑިއާގެ އިޤްތިޞާދީ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.
މަންމޯހަން ސިންގްއަކީ ތަަރައްގީ ގެނައުމަށް މަސައްކަތް ކުރެއްވުމުގައި ސާބިތު ކަމާއެކު ހުންނެވީ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ގެންގުޅުއްވި "ލުކް އީސްޓް އޭޝިއާ" ޕޮލިސީއިން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިވުމަށް މުހިންމު ދައުރެއް އަދާކުރި ކަމަށް ރައީސް ވިދާޅުވި އެވެ.


