Tuesday, 28 July 2026
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

އެޗްޑީސީން ވަގަށް ނެގި ލެޕްޓޮޕްތައް ފުލުހުން ހޯދައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަގަށް ނެގި ލެޕްޓޮޕްތައް ފުލުހުން ހޯދައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބުނީ އެޗްޑީސީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުން 5 ލެޕްޓޮޕު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ ފަސް ލެޕްޓޮޕް ވެސް މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެޗްޑީސީން 5 ލެޕްޓޮޕް ވަގަށް ނެގި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ އެވެ. ލެޕްޓޮޕް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހާ ހުރީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ހައްޔަރުގައި ކަމަށާއި ތަހުގީގަށް އޭނާ އެއްބާރުލުން ދެމުންދާ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފަ އެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ރޭ ވިދާޅުވީ އެ ފަސް ލެޕްޓޮޕް މިހާރު ހޯދާފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

އެޗްޑީސީގެ ލެޕްޓޮޕްތައް ވަގަށް ނަގާފައި މިވަނީ އެ ކުންފުންޏާ ގުޅުންހުރި ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *