ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު މާރަނގަ, ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު މާރާމާރީ ހިންގައިގެން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ނ. ހޮޅުދޫ ނިއު ލައިފް، މޫސާ ރިމްޒީ، 30 އެވެ.
އޭނާ ހައްުޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި މާރާމާރީއާ ގުޅިގެންކަމަށް ފުލުހުން ބުނެފައި ވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން ރިމްޒީ ހައްޔަރު ކުރީ ނ. ހޮޅުދޫ، އަންދަލީބުގެ، އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލައިގަ އެވެ.
އެގޮތުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް އެ އަމުރުގައިވެ އެވެ.


