Tuesday, 28 July 2026

ފެނަކައިގެ އާ އެމްޑީއަކަށް މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިއަދު އައު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއުލާންކުރެއްވި ގޮތުގައި ފެނަކައިގެ އައު އެމްޑީގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ. ނަޖާޙު ވަނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި އަދި އެމްޑީގެ މަޤާމަށްވެސް އައްޔަންކުރައްވާފައެވެ.

ނަޖާޙަކީ ދިވެހި ސިފައިންގޭގައި 21 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މި މަޤާމަށް އައްޔަންކުރެއްވީ ކުރީގެ އެމްޑީ މުޙައްމަދު މުޢާޒު ރަޝީދު މިއަދު މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

މުޢާޒު ރަޝީދު އިސްތިޢުފާ ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އޭނާ އިސްތިޢުފާ ދެއްވަން ނިންމެވި ސަބަބުތަކުގެ ތެރޭގައި ކުންފުންޏާ ޙަވާލުވިއިރު 4.3 މިލިއަން ރުފިޔާގެ ދަރަނި އޮތުމާއި، ބޭނުންވާ އަދަދަށްވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާތައް ހަމަޖައްސަން ޖެހުމާއި، އަދި ކުންފުނި ރައިޓް ސައިޒްކުރުމަށް ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ލިބިފައިނުވުން ހިމެނޭ ކަމަށެވެ.

މި ބަދަލާއެކު، ފެނަކަ ކޯޕަރޭޝަންގެ ހިންގުމަށް އައު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *