Tuesday, 28 July 2026

ސޮމާލިޔާ ޝައްކު ކުރެވޭ ޑިންގީއެއް ފުވައްމުލަކު ކައިރިން ހިފަހައްޓައިފި

ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ސޮމާލިޔާގެ މީހުން ކަމަށް ޝައްކު ކުރެވޭ 3 މީހުން ތިބި ޑިންގީއެއް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ހިފަހައްޓައިފައެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދެއްވިގޮތުގައި، މި ޑިންގީ ހިފެހެއްޓީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުންނެވެ. އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނު ގޮތުގައި މިއީ ރާއްޖެއިން ބޭރުގެ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެކެވެ.

މި ޑިންގީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޕޮލިސް މީޑިއާއިން ބުނި ގޮތުގައި ކަނޑުމަތިން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޮމާލިއާ ބަޔަކު މިއަދު ފުވައްމުލަކަށް ގެނެވިފައިވާތީ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފްއިން މަސައްކަތް ކުރަމުންދާ ކަމަށް ބެލެވެއެވެ. މި ހާދިސާއާ ގުޅިގެން އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް އިދާރާތަކުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *