ކ. ގުރައިދޫގައި ނިޔާވި 4 މަހުގެ ކުއްޖާގެ ހަށިގަނޑު އިންޑިއާގައި ޕޯސްޓްމޯޓަމް ހެދުމަށްފަހު އިއްޔެ ރާއްޖެ ގެނެސް ވަޅުލައިފިއެވެ. އެ ކުއްޖާގެ ކަށުނަމާދު ކުރެވުނީ އިއްޔެ އަސްރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އެ ތުއްތު ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ފްލައިޓުގައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުނީ 14 ޑިސެމްބަރުގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި ތުއްތު ކުއްޖާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމާ ގުޅިގެން މި މައްސަލަ ތަޙުޤީޤުކުރަމުން ދެއެވެ.


