ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) ރަޖުނީ ވިނަރެސް ފުލެޓް ހޯދި ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް މިއަދު ހާމަކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަޖުނީއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގޯތި ވައްކަމުގެ ތަހުގީގާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހުއެވެ. އެ ބައްދަލުވުމުގައި ރަޖުނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިއްޔެ "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުން ލީކުކޮށްލި ނުގަވާއިދުން ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓުގައި ރަޖުނީގެ އިތުރުން އެހެން ފުލުހުން ވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.
Here are all the 226 people whose Sealife flat got changed to Vinares (total 4 pages).
🔹Court order was for 206 people, but HDC done it for 226 people.
🔹When I get excel version of court order list, I can check who were the extra.
🔹But for your reference, I’ll put the court… https://t.co/kcSOUGF3Qd pic.twitter.com/8RRKfiEMgs
— Hassan Kurusee (@HKurusee) December 20, 2024
މީގެ އިތުރުން، ސީލައިފް ފްލެޓް މަޝްރޫއުގައި ފައިސާ ދައްކާފައިވާ މީހުންނަށް ފްލެޓް ދޭން ހެދި ސެޓުލްމަންޓް އެގްރީމެންޓްގެ ދަށުން ވިނަރެސް ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ބޭރުން އެހެން ބަޔަކަށް އެޗްޑީސީން ފްލެޓް ވިއްކާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ.
މި މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.


