Tuesday, 28 July 2026
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ލިބުނު ފިނިކަމެއް ނެތް: ޝާހިދު

އަހަރު ނިމިގެންދާއިރު، މި ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ލިބޭ ފިނިކަމެއް ނުވަތަ ހިތްހަމަޖެހުމެއް ނުފެންނަ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެންމެހާ ދިވެހިން މިހާރު ދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ ތެރެއަށް ވައްދަމުން ކަމަށެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ 78 މިލިއަން ރުފިޔާ އިތުރުވެފައިވީ ނަމަވެސް، ރައްޔިތުން ވަނީ ބިކަވެ ނިކަމެތިވެފައިވާ ކަމަށާއި، އޭގެ ހެއްކެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ސަރުކާރުން އާސަންދައަށް ކުރި ޚަރަދު 101 މޚަރަދު 101 މިލިއަން ރުފިޔާ މަދުކޮށްފައިވާ ކަމެވެ.

"އިވެމުން ދަނީ ނިކަމެތި ރައްޔިތު މީހާ، އާސަންދައަށް އެދި ރޮއެ ކުރާ އާދޭހުގެ ހިތްދަތި އަޑު،" ޝާހިދު ވިދާޅުވިއެވެ.

އަދި ޝާހިދު ވިދާޅުވީ ރައްޔިތުން ނިކަމެތިވަމުންދާއިރު، ސިޔާސީ މުސާރައާއި ގުޅުންހުރި ޚަރަދުތަކަށް 1.4 ބިލިއަން ރުފިޔާ އިތުރަށް ސަރުކާރުން ހޭދަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އާންމު ރައްޔިތުންގެ ވޭނުގެ އަޑު އަޑުއެހުމަކާ ނުލައި ސަރުކާރުގެ އިސްވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތަކާއި އެމަގަށް ކުރާ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *