Tuesday, 28 July 2026

ރާއްޖޭގައި ވޭޕު ބޭނުންކުރުމާ އޭގެ ވިޔަފާރި ހުއްޓާލަން ނިންމީ ރައްޔިތުން އެކަމަށް އެދޭތީ: ރައީސް

ރާއްޖޭގައި ވޭޕް މަނާކުރީ ރައްޔިތުންގެ އެކަމަށް އެދުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި، އިސްލާހާ އެއްކޮށް، މިއަދުން ފެށިގެން ވޭޕު ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުން މަނާވާނާއެވެ.

އދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ ދުނިޔޭގައި އުފެދޭ ނުބައި ކަންތައް ދިވެހިންގެ ތެރެއަށް ވެސް އައިސްފައިވާ ކަމަށާއި އެކަންކަމުން ސަލާމާތްވާން ޖެހޭ ކަމަށެވެ.

އީސް ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން އިލެކްޓްރޯނިކް ސިނގިރޭޓުގެ ނުވަތަ، ވޭޕްގެ ވިޔަފާރި ކުރަމުން ގެންދިޔައީ ޤާނޫނީ އިމުގެ ތެރެއިން ހުއްދަ އޮވެގެން ކަމަށާއި، ނަމަވެސް، އެކަމުގެ ސަބަބުން ޤައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދިޔަ ކަމަށެވެ. އަދި ޙާލުގެ ދުލުން އެދެމުން ދިޔައީ ޤައުމުގެ ދަރިން، ވޭޕްގެ ވަބާއިން ސަލާމަތް ކޮށްދިނުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

"މިސާލަކަށް، ވޭޕްގެ ވަބާ. އަޅުގަނޑަށް އެނގޭ ގާނޫނީ ގޮތުން ހުއްދަ އޮވެގެން ކުރިން [ވޭޕްގެ] ވިޔަފާރި ކުރީ. އެ މީހުންގެ ނެތް ކުށެއް. އެހެން ނަމަވެސް، މި ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ. އެ ވިޔަފާރި ކުރި މީހުންގެ ކުށެއް ނެތް، އެހެން ނަމަވެސް، ގައުމުގެ ރައްޔިތުން ހާލުގެ ދުލުން އެދެމުން ދިޔައީ މިކަމުން ތިމަންނަމެންގެ ދަރިން ސަލާމަތްކޮށްދޭށޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ވޭޕު މިއަދު ފެށިގެން މަނާވެފައިވާއިރު، އެކަމާ ގުޅޭ މުއާމަލާތެއް ކޮށްފިނަމަ ހަރުކަށި އަދަބު ދޭން ވަނީ ނިންމާފައެވެ. އެގޮތުން، ވޭޕު ބޭނުންކޮށްފިނަމަ، 5،000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ވޭއްޕު ވިއްކާ ކޮންމެ މީހަކު 20،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި، ވިއްކާ ކޮންމެ ވޭޕަކަށާއި ހިލޭ ވޭޕެއް ދީފިނަމަ 10،000 ރުފިޔާގެ ޖޫރިމަނާއެއް ދޭން ޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *