ހުޅުމާލޭ ހިޔާ ފްލެޓްގެ ޓަވަރަކުން ރޭ ކުޑަކުއްޖަކު ވެއްޓި، މަރުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ހިޔާގެ ފަސް ވަނަ ޓަވަރުން ކުއްޖަކު ވެއްޓިފައިވާ ކަމަށް ދަންވަރު 1:26ހާއިރު މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ނިޔާވެފައިވަނީ އުމުރުން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށެވެ.
އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް، މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.ަ


