Tuesday, 28 July 2026
ހައުސިން މިނިސްޓަރ އަލީ ހައިދަރު އަހުމަދު

ފްލެޓް ފޯމުތައް ހުރީ ކްލައުޑްގައި، ގެއްލުމެއް ނުލިބޭ: ހައުސިން މިނިސްޓްރީ

ގެދޮރުވެރިޔާ ސްކީމުގެ މައުލޫމާތާއި ލިޔުންތަކަކީ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކަށް ވާތީ މިއަދު އެ މިނިސްޓްރީ ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ އާ ސަބަބުން އެ މައުލޫމާތަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިމާރާތް އެއްކޮށް އަނދައި ހުލިވެފައިވާތީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން ބުނީ އަލިފާން ނިއްވުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. ހާދިސާގެ ސަބަބުން އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގަމުން އަންނަ މ. ގްރީން ބިލްޑިންގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު 7:30 ހާއިރު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *