ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗަރ މިނިސްޓްރީ ހިންގާ އިމާރާތުގައި ވައަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 7:45 ހާއިރު ރޯވިކަމަށް އެމްއެންޑީއެފުން ބުނި މި އަލިފާން އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ހައުސިން މިނިސްޓްރީ ހުންނަ މުޅި ބިލްޑިންގގައި މިހާރު ވަނީ އަލިފާން ރޯވެފައެވެ. މިކަމާ ގުޅިގެން އެ އިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތްތަކުން މީހުން ވަނީ ހުސްކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނާ ގޮތުގައި މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އެހެން އިމާރާތްތަކަށް އަލިފާން ފެތުރިޔަ ނުދިނުމަށެވެ. މި މަސައްކަތުގައި އެއަރޕޯޓުގެ ފަޔަރ ފައިޓަރުންގެ އެހީތެރިކަންވެސް ވަނީ ލިބިފައެވެ.


