Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސައިބާ ކުށްތަކާއި ގުޅޭ ބިލް ފާސްކޮށްފި

ސައިބަ ކްރައިމްގެ އަމަލުތަކަކީ ކުށްކަމަށް ކަނޑައެޅުމަށް "ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތު" އަށް އިސްލާހު ގެނުމުގެ ބިލާއި އެފަދަ ކުށްތަކާބެހޭ މައުލޫމާތާއި ހެއްކާއި ބެހޭގޮތުން އެހެން ގައުމުތަކާ އެކު ގާނޫނީ އެހީތެރިކަން ބަދަލު ކުރެވޭގޮތަށް، "ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ހުށަހެޅުއްވި އެ ބިުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ ސައިބާ ކްރައިމާ ގުޅުންހުރި އަމަލުތައް ކުށެއް ކަމުގައި ކަނޑައެޅުމެވެ.

މި ބިލްގައި ވަނީ ސައިބާ ކްރައިމްއާ ގުޅުން ހުރި ކުށްތައް ހިމަނައި، ގާނޫނުލް އުގޫބާތަށް ބާބެއް އިތުރު ކުރުމަށް ހުށަހަޅައިފައެވެ.

މި ގާނޫނުގެ 240 ވަނަ ބާބުގެ ގޮތުގައި ހުށަހަޅާފައިވާ މި ބިލްގައި ވަނީ ކޮމްޕިއުޓަރު އަދި ކޮމްޕިއުޓަރާ ގުޅުން ހުރި ކުށްތައް ބަޔާންކޮށްފައެވެ.

އެ ބިލު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށްފައިވާއިރު އެ ކޮމިޓީން ކުރި ދިރާސާގެ މައްޗަށް އެކުލަވާލި ރިޕޯޓް, އެ ކޮމިޓީގެ މުގައްރިރު, މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށަހެޅުއްވި އެވެ.

ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން ހުސްނީ ވިދާޅުވީ އެ ބިލާ ގުޅިގެން ކޮމިޓީން އާންމުގެ ހިޔާލަށް ހުޅުވާލި ކަމަށާއި އެކަމާ ގުޅުންހުރި އިދާރާތަކުން ލިޔުމުން ހިޔާލު ހޯދަން ފޮނުވި ކަމަށެވެ. އަދި ލިބުނު ހިޔާލުތަކުގެ އަލީގައި ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވި ކަމަށްވެސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *