Tuesday, 28 July 2026

ރައީސް ކ. ކާށިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކ. ކާށިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ދަނޑުވެރިކަމުގެ ދާއިރާއަށް އިސްކަންދެއްވާނެކަން އަލުން ޔަގީންކޮށްދެއްވައިފިއެވެ.

މާލެ އަތޮޅު ގާފަރު ކައުންސިލް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ މެދު މަޝްވަރާކުރިއެވެ. އެގޮތުން ބަނދަރުގެ މިހާރުގެ ޙާލަތާއި އެކަމުން ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުވާލިކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން، ޞިއްޙީ ދާއިރާއާ ގުޅޭ ކަންބޮޑުވުންތައް ފާޅުކޮށް، މި މައްސަލަތަކަށް ޙައްލު ހޯދުމުގެ މުހިންމުކަން ފާހަގަކުރިއެވެ. ކައުންސިލް މެންބަރުން ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާކަމާއި މިކަން ތަންފީޛުކުރުމަށް އެދޭކަން ފާޅުކުރިއެވެ. އަދި ކާށިދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން ސުވާލުކުރިއެވެ.

ބައްދަލުވުމުގައި ހުށަހެޅުނު ސުވާލުތަކާއި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން، ރައީސް ޑރ. މުޢިއްޒު ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ރޭވިފައިވާ ޕްލޭންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *