ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކާ، ދަރިވަރުން ގްރޫމްކުރި ޓީޗަރެއްގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިދިޔަ މަހުގެ 25ވަނަ ދުވަހު ފޮނުވާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި 29 އަހަރުގެ ދިވެހި ޓީޗަރު ހައްޔަރުކުރީ ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގެ ރަށަކުން ކަމަށެވެ.
ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކާ، ދަރިވަރުން ގްރޫމްކުރިކަމަށް ތުހުމަތު ކުރާ މައްސަލައެއް ފުލުހަށް ރިޕޯޓުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ފުރަތަމަ ހާޒިރު ކުރުމުން ބަންދަށް 20 ދުވަސް ޖެހި ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމާ ދައުވާކުރަން މިހާރު ޕީޖީއަށް ފޮނުވާފައި ވާކަމަށެވެ.


