Tuesday, 28 July 2026

އޮޅުހިޔާ އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމައިފި

ހުޅުމާލޭގައި ބުޅާތަކަށް ހާއްސަކޮށްގެން ހެދި ފެސިލިޓީ "އޮޅު ހިޔާ" އަށް ހިނގި ހަރަދު ހޯދައި އެތަން އެގްރިކަލްޗަރ މިނިސްޓްރީއާ ހަވާލުކުރަން މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސަރަހައްދުގެ މަގުތަކާއި އާންމު ތަންތަނުގައި އުޅޭ ބުޅާތައް ގިނަވެ ބުޅަލުން ޖެހޭ ބަލިތަކުން ސަލާމަތްކޮށް އެ ބުޅާތައް ބަލަހައްޓަން "އޮޅު ހިޔާ"ގެ ނަމުގައި ހެދި ކެޓް ޝެލްޓާ ހުޅުވީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ.

އެ ފެސިލިޓީ އަކީ މިނިސްޓްރީން ކައުންސިލަށް ދޫކުރި ބިމެއްގައި، ކައުންސިލުން ހަދައި ހިންގަން ޖެހޭ ގޮތަށް އެއްބަސްވި މަސައްކަތެކެތެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް ފެސިލިޓީގެ މަސައްކަތް މިހާތަނަށް ފުރިހަމަ ނުކުރި، މާލޭ މަގުތަކުން ބުޅާތައް ނަގައި، ފެސިލިޓީ އަށް ނުގެންދެވި އޮތުމާ ގުޅިގެން މިނިސްޓްރީން މީގެ ދުވަސްކޮޅެއް ކުރިން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

އެހެންވެ އެެއްބަސްވުމާ އެއްގޮތަށް "އޮޅު ހިޔާ" ގެ ކަންކަން ނުދާތީ މިނިސްޓްރީއާ ހަވާލުކުރަން އަންގައި ކައުންސިލަށް ވެސް ވަނީ ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އޮޅުހިޔާ އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމިކަން ސަރުކާރުން މިހާރު އަންގާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *