Tuesday, 28 July 2026

މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުއޮޅިން ދަތުރު ނުކުރުމަށް އަންގައިފި

މާލެއާއި ވިލިމާލެއާ ދެމެދު ކަނޑުއޮޅިން ދަތުރު ނުކުރުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މާލެ ތިލަފުށި ލިންކް މަޝްރޫގެ ދަށުން ގުޅިފަޅާއި ތިލަފުއްޓާ ދެމެދު ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައި ވާކަމަށް އެ މިނިސްޓްރީއަށް އަންގާފައި ވާކަމަށެވެ.

އެހެންކަމުން ބުރާސްފަތި ދުވަހުން ފެށިގެން ގުޅީފަޅާއި ތިލަފުއްޓާއި ދެމެދު ކަނޑުއޮޅި އަދި މާލެ ވިލިމާލެ އަދި ވިލިމާލެ ގުޅިފަޅު ތިލަމާލޭގެ ކަނޑުއޮޅި ބަންދުވާނެ ކަމަށާއި، ކަނޑު އުޅަނދުފަހަރު އެ ސަރަހައްދުން ދަތުރު ނުކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ތިލަމާލެ ބުރިޖުގެ 45.82 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް މިދިޔަ އޮކްޓޯބަރު މަހު ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *