މާލޭ، މައްޗަން ގޯޅި ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނުނީ މއ. ހުދުއަކިރި، އަބްދުﷲ ހަސަން (53އ) އެވެ.
ފުލުހުން ބުނީ، ގުލާބީ މަގުގައި ހުރި ގެއެއްގެ ތެރެއިން މީހަކު ޚަބަރު ހުސްވެފައި އޮތް ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އެ ގެއިން ފެނުނު މީހާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ މިމައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށް ބުނެފައެވެ.


