އިއްޔެ ހުޅުމާލޭ ފަޔަރ ސްޓޭޝަނާއި ދިމާ ފަޅުތެރެއިން މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ހާމަކުރިގޮތުގައި ހުޅުމާލޭ ފަޅުތެރެއިން ފެނިފައިވަނީ މ. މަޑުއްވަރީ، ކޮކްނަޓް ވިލާ، އިބްރާހިމް ޖިނާހް މުހައްމަދު، 36އ. އެވެ.
ފުލުހުން މީގެކުރިން ވަނީ އެ މީހާގެ ހަށިގަނޑު ފެނުނީ ހޯމަ ދުވަހުގެ ހަވީރު 16:30 ހާއިރު ހުޅުމާލެ ފަޔާ ސްޓޭޝަނާ ދިމާލުން ފަޅުތެރެއިން ކަމަށް ބުނެފައެވެ.
އަދި އެ މީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.


