Tuesday, 28 July 2026

2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ސަޢޫދީ ޢަރަބިއްޔާއިން ހުށަހެޅި ބިޑަށް ރެކޯޑް މާކްސް

2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް ސަޢޫދީ ޢަރަބިއްޔާއިން ހުށަހެޅި ބިޑަށް ފީފާއިން ދީފައިވަނީ މިހާތަނަށް އެއްވެސް ޤައުމަކަށް ދީފައިނުވާ މިންވަރަށް މަތީ މާކްސްއެކެވެ. އެގޮތުން 500 އިން 419.8 ޕޮއިންޓް ހޯދައި، ވޯލްޑް ކަޕް ބިޑިންގ ޕްރޮސެސްގެ ތާރީޚުގައި އެއްވެސް ޤައުމަކަށް ލިބިފައިނުވާ އެންމެ މަތީ ސްކޯ ހޯދާފައިވެއެވެ.


ސަޢޫދީ ޢަރަބިއްޔާގެ ބިޑްގައި ރިޔާޟް، ޖިއްދާ، ނިއޯމް، އަބްހާ އަދި ޚުބާރު ހިމެނޭ ގޮތަށް ފަސް މައި ސިޓީއެއްގައި މެޗުތައް ކުޅުމަށް ހުށަހަޅާފައިވެއެވެ. އަދި ފޭނުންނަށް އައު އީޖާދީ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އިސްކަންދީފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ވިޝަން 2030 ގެ ދަށުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، ވަރުގަދަ އިންފްރާސްޓްރަކްޗަރާއި، ޒަމާނީ ސްޓޭޑިއަމްތަކެއް ތަރައްޤީކުރުމަށް ރޭވިފައިވެއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހު ބޭއްވޭ ފީފާ ކޮންގްރެސްގައި މިކަން ފާސްކުރެވިއްޖެނަމަ، ސަޢޫދީ ޢަރަބިއްޔާއިން އެއް ޤައުމެއްގައި ބާއްވާ ފުރަތަމަ 48 ޓީމުގެ ވޯލްޑް ކަޕް ބާއްވާނެއެވެ. މި ކާމިޔާބީއާ ގުޅިގެން ސަޢޫދީ ޢަރަބިއްޔާގެ ކިރީޓި ރަސްކަލުން މުޙައްމަދު ބިން ސަލްމާން ވިދާޅުވެފައިވަނީ މިއީ ދުނިޔޭގެ ކުޅިވަރުގެ ދާއިރާގައި ސަޢޫދީ ޢަރަބިއްޔާގެ އިތުރުވަމުންދާ ދައުރާއި، ދުނިޔޭގެ މައިދާނުގައި އެ ޤައުމުގެ ސަގާފަތާއި މެހެމާންދާރީ ދެއްކުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *