Wednesday, 29 July 2026

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޓެކްސް އާއި ފީ ބޮޑުކޮށްފި

ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރުމަށް ގެނެވުނު ގާނޫނީ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ. މި އިސްލާހު ފާސްކޮށްފައިވަނީ މިއަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި އިސްލާހާ އެކު، އިކޮނޮމިކް ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ 12 ޑޮލަރަށް ބަދަލެއް ގެނެސްފައި ނުވިނަމަވެސް، ބިދޭސީންގެ އަތުން ނަގާ އަދަދު 30 ޑޮލަރުން 50 ޑޮލަރަށް އިތުރުކޮށްފައިވެއެވެ.

މީގެ އިތުރުން، ބިޒްނަސް ކްލާހުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާ އަދަދު 60 ޑޮލަރުން 120 ޑޮލަރަށް، އަދި ފަސްޓް ކްލާހުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާ އަދަދު 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކޮށްފައިވެއެވެ.

އަދި އަލަށް ތައާރަފުކުރެވުނު ބަދަލެއްގެ ގޮތުގައި، ޕްރައިވެޓް ޖެޓުން ދަތުރުކުރާ ފަރާތްތަކުގެ އަތުން 480 ޑޮލަރު ނެގުމަށް ހަމަޖައްސާފައިވެއެވެ. މި ބަދަލުތަކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށާއި އެއަރޕޯޓް ތަރައްގީކުރުމަށް ބޮޑު އަސަރެއް ކުރާނެ ކަމެއްކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *