Tuesday, 28 July 2026

ދެކުނު އޭޝިއާގެ ސިވިލް ސަރވަންޓުންނަށް އަމާޒުކޮށްގެން ބޭއްވުނު ޕަބްލިކް ޕޮލިސީ އަދި އެޑްމިނިސްޓްރޭޝަން ޕްރޮގްރާމުގައި ދިވެހި އޮފިސަރުން ބައިވެރިވެއްޖެ

ދެކުނު އޭޝިއާ އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސިވިލް ސަރވަންޓުންނަށް އަމާޒުކޮށްގެން ބޭއްވުނު ފުރަތަމަ ޕަބްލިކް ޕޮލިސީ އަދި އެޑްމިނިސްޓްރޭޝަން ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ ސިވިލް ސަރވިސްގެ އޮފިސަރުން ބައިވެރިވެއްޖެއެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެންސީޖީޖީ) އިން އިންތިޒާމުކޮށްގެން ބޭއްވި މި ޕްރޮގްރާމަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 18 އިން 29 އަށް، ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދެވުނު ތަމްރީނު ޕްރޮގްރާމެކެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނިގޮތުގައި މި ޕްރޮގްރާމުގައި ދިވެހިރާއްޖެ، ސްރީލަންކާ، އޮމާން، ޓެންޒޭނިއާ، ކެނިޔާ، ސެޝެލްސް، މެލޭޝިއާ، ކެމްބޯޑިއާ އަދި މިޔަންމާ ހިމެނޭ ގޮތަށް 9 ޤައުމަކުން ޖުމްލަ 30 ސިވިލް ސަރވަންޓުން ބައިވެރިވެފައިވެއެވެ. މި އޮފިސަރުންނަކީ އެ ޤައުމުތަކުގެ މުހިންމު މިނިސްޓްރީތަކުގެ އިސް މުވައްޒަފުންނެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ބައިވެރިވި ޤައުމުތަކުގެ ސިވިލް ސަރވިސްގެ ޤާބިލުކަން އިތުރުކޮށް، ޕަބްލިކް ޕޮލިސީ އަދި އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އެ ޤައުމުތަކުގެ މުވައްޒަފުންގެ ހުނަރު ކުރިއެރުވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *