މާލޭގެ ކެފޭއެއްގައި މިރޭ ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ މާރާމާރީ ހިންގީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭއެއްގައި ކަމަށެވެ.
އެ މާރާމާރީ ގައި އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފަ އެވެ. މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކަށެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ. މައްސަލަ ފުލުހުން މިހާާރު ދަނީ ތަހުގީގުކުރަމުންނެވެ.


