Tuesday, 28 July 2026

މޫދުގައި އަނިޔާވެފައި އޮއްވާ ފެނުނު މީހާ މަރުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް ކައިރިން މޫދުގައި އަނިޔާވެފައި އޮއްވާ މިއަދު ފެނުނު މީހާ މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ އަށް އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ. އެގޮތުން އެމީހާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި އަނިޔާވި މީހާ ފެނިފައި ވަނީ ދަރުމަންތަ ކައިރީގައި ހުންނަ ބަސް ސްޓޮޕްގަައި މަޑުކޮށްގެން އޮތް އެމްޓީސީސީ ބަހުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށެވެ.

އެމްޓީސީސީގެ މުވައްޒަފުންނާއި ފުލުހުންގެ އެހީތެރިކަމާއެކު އެ މީހާ އެވަގުތު ސަލާމަތްކޮށް ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *