Wednesday, 29 July 2026

56.6 ބިލިޔަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 56.6 ބިލިޔަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ބިލް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ އެ ބިލަށް އިސްލާހެއް ގެނައުމަށް ފަހުގައެވެ. މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ބަޖެޓް ކޮމިޓީއިން ފާސްކޮށްފައި ރިޕޯޓަށް ގެނައި އިސްލާހުގައި ވިދާޅުވީ ރިޕޯޓްގެ ނުވަ ވަނަ ނަންބަރު 2025 ވަނަ އަހަރުގެ ބަޖެޓަށް ހުށަހަޅާ ޖެނެރަލް ރިކޮމަންޑޭޝަންސްތައް އުނިކުރުމަށް ހުށަހަޅާ ކަމަށެވެ.

އެ ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ތާއީދު ކުރެއްވެވިއެވެ. އެ އިސްލާހު ފާސްވެފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. 11 މެންބަރުން ނުފެންނަ ކަަމަށް ވޯޓު ދެއްވިއެވެ.

ބަޖެޓް މިއަދު ފާސްކުރި އިރު، އެ ބަޖެޓްގައި ކުރަން ރާވާފައި ހުރި ކަންކަމުގެ ތަފުސީލުތައް ނެތް ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އިތުރުން ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ބައިވެރިއެއް ކަމަށްވާ އެމްޑީއޭގެ މެންބަރުން ވެސް ކަންބޮޑުވުން ފާޅުކޮށް، ބަޖެޓަށް ވޯޓް ނުދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *