Tuesday, 28 July 2026

ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ޒަހަމްވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ޒަހަމްވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އަނިޔާތަކަކާ އެކު މޫދުގައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ، ފުލުހުން ބުނީ އެ މީހާގެ ބޮލަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާ އަށް އަނިޔާވީ، ތޮށިގަނޑާ ދިމާލުން ދުއްވާފައި ދިޔަ "އުޅަނދެއް" ގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާތަކާ އެކު މޫދުގައި އޮތް މީހަކު އެއްގަމަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ބޭރު ތޮށި ކައިރިން އެމީހާ އެއްގަމަށް އަރުވާ ގޮތަށް އެމްބިއުލާންސްއަށް ލައިގެން ގެންދާ މަންޒަރެވެ. އެ ސަރަހައްދުގައި ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *