Tuesday, 28 July 2026

ވިސާއާ ނުލައި ތަޖިކިސްތާނަށް ދަތުރު ކުރެވޭނެގޮތް ހަމަޖައްސައިފި

މަސް ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދަތުރު ކުރެވޭނެ މަގުފަހިވާ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފި އެވެ.

ނިއުޔޯކްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ތަޖިކިސްތާން ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމާ އެކު، މިހާރުވެސް އަމަލުކުރަމުން އަންނަ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާއާ ނުލާ 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރުކުރުމަށް އޮންނަ އުސޫލު ރަސްމީވެގެން ދާނެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *