Tuesday, 28 July 2026
ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި ހަރަކާތްތެރިވަނިކޮށް އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓަކުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ހައްޔަރުކުރެވުނު ފަސް މީހުން

ލަންކާގެ މަސް ބޯޓަކުން މަސްތުވާތަކެތި ފެނުން: ހައްޔަރުކުރި ފަސް މީހުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފި

ގަވާއިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދުގައި ހަރަކާތްތެރިވަނިކޮށް އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓަކުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ހައްޔަރުކުރެވުނު ފަސް މީހުން 30 ދުވަހަށް ބަންދުކުރުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ފުލުހުންގެ މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުންނަކީ ސްރީލަންކާގެ ރައްޔިތުންނެވެ. މި ފަސް މީހުން ވަނީ ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، ޝަރީޢަތުގެ މަރުޙަލާ ފެށެންދެން މި ފަސް މީހުން ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ފުލުހުން ވަނީ އެ ފަސް މީހުންގެ ވަނަވަރުވެސް ހާމަކޮށްފައެވެ.

މި މަސްބޯޓު އަތުލައިގެންފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން މީގެކުރިން ވަނީ "އަށެންޕުތަ" ނަމަކަށް ކިޔާ މި ބޯޓުން ޖުމްލަ 468.6 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާކަމަށާއ،ި އޭގެ ތެރޭގައި 344 ކިލޯގްރާމްގެ ކްރިސްޓަލް މެތާއި 124.6 ކިލޯގްރާމްގެ ކޮކެއިން ހިމެނޭކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *