ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ، ލ) ގައި ހިމެނޭ ރަށެއްގައި 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ނޮވެމްބަރ 25 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން 51 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން މިހާރު މި މައްސަލަ ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން މި ސަރވިސްއިން ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރަން ނިންމާފައިވާކަމަށް ފުލުހުން ބުނެއެވެ.


