Tuesday, 28 July 2026
ފޮޓޯ: އަވަސް އޮންލައިން

ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވާނެ: މެޓް

ރާއްޖޭގެ އިރުން ދެ ކޮޅިގަނޑު އުފެދި، ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓު އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ބޭ އޮފް ބޭންގާލުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ގަދަވަމުންދާ ކަމަށާއި އެކޮޅިގަނޑު ދަތުރުކުރަނީ އިންޑިޔާގެ ޓެމިލްނާޑޫއާއި އަވައްޓެރި ސްރީލންކާގެ އައްސޭރިފަށާ ދިމާލަށް ކަމަށެވެ. މީގެއިތުރުން ރާއްޖެއާ ދުރުން، އިރުދެކުނުން ވެސް ބާރުގަދަ ކޮޅިގަނޑެއްވެސް ދަތުރުކުރަމުންދާ ކަމަށާއި، ދެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމުގައި މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.

މި ދެ ކޮޅިގަނޑުގެ ސަބަބުން ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހަށް ވައި ގަދަވާނެ ކަމަށާއި އޭގެ ސަބަބުން ކަނޑުތައް ގަދަވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެގޮތުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭނެކަމަށް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *