މާލެ- މާފަންނު ގެއެއްގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ މާފަންނު ގެއެއްގެ 10 ވަނަ ބުރީގައި ހުރި ގުދަނެއްގައި ކަމަށެވެ. އަލިފާން ވަރަށް ބޮޑަށް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އަދި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް ސިފައިން ބުނެފައި ވެއެވެ.
އެނގިފައިވާ ގޮތުން އަލިފާނުގެ ހާދިސާގައި މާވެޔޮ މަގުގައި ހުރި އިމާރާތެއްގަ އެވެ.


