Tuesday, 28 July 2026

ހުޅުމާލެ މަގުމަތީ ބަރަހަނާކޮށް އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި

ހުޅުމާލޭ ގައި، ބަރަހަނާ ހާލުގައި މަގުމަތީގައި އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

މީސްމީޑިއާގައި މިއަދު ޢާއްމުވެފައިވާ ވީޑިއޯއެއްގައި ހުޅުމާލޭ ރެޑްބުލް ޕާކުތެރޭ ބަރަހަނާ ހާލުގައި ދިވެހި ފިރިހެނަކު އުޅޭ މަންޒަރު ފެނެއެވެ. އެކަމާ ގުޅިގެން ޢާއްމުން ދަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ވީޑިއޯއާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވީޑިއޯ އިން ފެންނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *