Wednesday, 29 July 2026

ލަންކާގެ މަސްބޯޓުން އެއް ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ސްރީ ލަންކާގެ މަސް ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި ފުލުހުން  އަތުލައިގެންފިއެވެ. މި ބޯޓު ހިފެހެއްޓީ ހދ. މަކުނުދޫގެ ބޭރުން އިއްޔެ ރޭ ދަންވަރު 12:45 ހާއިރު އެމްއެންޑީއެފްގެ ކޯސްޓު ގާޑުންނެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވި ގޮތުގައި މި ބޯޓު ހިފެހެއްޓީ އެމްއެންޑީއެފަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެންނެވެ. އަދި މި ބޯޓުގައި ތިބީ ސްރީ ލަންކާގެ ފަސް ފިރިހެނުންނެވެ.

މިއަދު ހެނދުނު 9:30 ގައި ހދ. ކުޅުދުއްފުށި ބަނދަރަށް ގެންދެވުނު މި ބޯޓު ބަލައި ފާސްކުރުމުން، ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ވަނީ ފެނިފައެވެ. މީގެ ތެރޭގައި 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން ހިމެނެއެވެ. މި ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ދަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި ކުޅުދުއްފުށީގެ ޕޮލިސް ސްޓޭޝަން ގުޅިގެން ތަޙުޤީޤުކުރަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އަތުލައިގަނެވުނު ތަކެތީގެ ވީޑިއޯ ފުޓޭޖުތައް ދައްކާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *