Wednesday, 29 July 2026
ގއ. ކަނޑުހުޅުދޫ

ގއ. ކަނޑުހުޅުދޫގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ގއ. ކަނޑުހުޅުދޫގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިންގައިފިއެވެ.

މި މާރާމާރީގައި ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ އިއްޔެ (ބުރާސްފަތި) ރޭ 21:37 ގައެވެ. މި މާރާމާރީގައި އަނިޔާވި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. އެއީ 37 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެކެވެ. މި ދެ މީހުންނަށްވެސް މިހާރު ފަރުވާދެމުން ގެންދަނީ ގއ. އަތޮޅު ހޮސްޕިޓަލުގައެވެ.

ފުލުހުން މި މައްސަލަ ތަޙުޤީޤުކުރަމުން ގެންދާ ކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަޙުޤީޤު މަރުޙަލާ ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *