Tuesday, 28 July 2026

އިންޑިއާ އަސްކަރިއްޔާ އާއި ގުޅިގެން ބޭއްވި 'އެކްސަސައިޒް އެކަތަ 7′ ނިންމާލައިފި

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އެކްސަސައިޒް އެކަތަ" ގެ 7 ވަނަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން ޅ. މާފިލާފުށީގައި ހުންނަ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މިދިޔަ މަހުން ފެށިގެން މިއަދުގެ ނިޔަލަށް ހިންގި އެކްސަސައިޒްގައި އިންޑިއަން ނޭވީ، މެރިން ކޮމާންޑޯއާއި އެމްއެންޑީއެފް މެރިން ކޯ، ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސް ބައިވެރިވި އެވެ.

މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ފަރިތަކޮށްފައި ވަނީ ޓެކްޓިކަލް ޑައިވިން، ފަޔަރިން، ސްލިދަރިން އަދި ބޯޑިން ހުނަރުތަކެވެ.

"އެކްސަސައިޒް އެކަތަ" ގެ 7 ވަނަ ސިލްސިލާ، ނިންމުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނު މަހާވަރްއާއި، އެމްއެންޑީއެފް ނޮަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާއީލް ޝަރީފްއާއި، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އޮފިސަރުން ބައިވެރިވެލެއްވި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *