ރައީސް މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ނުރަސްމީ ދަތުރުފުޅެއްގައި ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ނެރުނު ކުރު ބަޔާނެއްގައި ވަނީ މިދަތުރަކީ ރައީސްގެ އަމިއްލަ ދަތުރުފުޅެއްކަން ކަށަވަރުކޮށްދީފައެވެ. އަދި މިދަތުރުފުޅާ ބެހޭ އިތުރު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް އޮފީހުން ވަނީ އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އިދާރީ މަސައްކަތާ ގުޅޭ ހުރިހާ ހަރަދެއްގެ އިތުރުން އާއިލީ އަދި އަމިއްލަ ކަންކަމާ ގުޅޭ ހުރިހާ ހަރަދެއް އަމިއްލަފުޅަށް ކުރައްވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިއީ މީގެ ކުރިން ފާއިތުވި އަހަރު ތެރޭގައި ތިން ފަހަރު ސިންގަޕޫރަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ހަތަރުވަނަ ނުރަސްމީ ބައިނަލްއަގްވާމީ ދަތުރުފުޅެކެވެ.


