ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށް ތުރާކުނަށް އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރު ޒިޔާރަތްކުރައްވައިފިއެވެ. މި ދަތުރުފުޅުގައި ހައިކޮމިޝަނަރު ވަނީ ރަށު ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވާ، ރަށުގައި ދިރިއުޅޭ އިންޑިޔާ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން، ހައިކޮމިޝަނަރު ވަނީ ތުރާކުނު ސްކޫލަށް ފޮތްތަކަކާއި ކޮމްޕިއުޓަރެއް ހަދިޔާ ކުރައްވާފައެވެ. މި ހަދިޔާއަކީ ރަށުގެ ތަޢުލީމީ ދާއިރާއަށް އެހީތެރިކަމެއްގެ ގޮތުގައި ދެއްވި އެއްޗެކެވެ.
މި ދަތުރުފުޅުގައިތުރާކުނުގެ ރައްޔިތުން ވަނީ ހައިކޮމިޝަނަރަށް ހާއްސަ މަރުހަބާއެއް ދަންނަވާފައެވެ.
މި ޒިޔާރަތަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ އުތުރުގެ ރަށްތަކާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ޒިޔާރަތެއް ކަމުގައި ބެލެވެއެވެ.


