Tuesday, 28 July 2026
ފޮޓޯ: ޕީއެސްއެމް

ބޯކޮށް ވާރޭވެހި މާލޭ ފެނުއަޑީގައި!

މިއަދު މިއީ މިހާރު ކުރަމުންދާ ދެ މޫސުން ބެދޭ ވިއްސާރައިގެ ސަބަބުން މާލޭ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެއްޖެއެވެ.

ރޭ ފަތިހުން ފެށިގެން މެދުނުކެނޑި ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެއެވެ. ޚާއްޞަކޮށް އެންމެ ކާރޫބާރު ބޮޑު މަޖީދީމަގުގެ އެއްކޮޅުން އަނެއްކޮޅަށް ފެންބޮޑުވެފައިވާއިރު، މާލޭގެ އެތެރޭގެ ގިނަ މަގުތަކުގައިވެސް މި ހާލަތު މެދުވެރިވެފައިވެއެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ތިން ދުވަހުގައިވެސް މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބުނެފައެވެ.

މި ވަގުތު ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓެއް ނެރެފައިވާއިރު، މި ސަރަހައްދުތަކުގައި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކަށް 45 މޭލަށް އަރާނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *